ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ ހަރަކާތުގެ ތެރެއިން އިއްޔެ އާއި ހަމައަށް ރާއްޖެއިން 4،361 ބިދޭސީން ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
މިއަދު އިމިގްރޭޝަން ކޮންޓްރޯލަރ، މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ، ނޮވެންބަރު 17، 2023 އިން ފެށިގެން 21 އޮކްޓޯބަރާއި ހަމައަށް 186 ރެއިޑް އޯޑަރު ނެރެ، 1،237 ތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އިމިގްރޭޭޝަނުން ކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ހިންގާ މާސް އޮޕަރޭޝަންތަކުގައި މާލޭ ސަރަހައްދުގެ 896 ތަނެއް ބަލައި ފާސްކޮށް، ނޯޓިސް ދިނުމުގެ އިތުރުން ބައެއް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް ޝައްމާން ވިދާޅުވިއެވެ.
ޝައްމާން ވިދާޅުވީ ސަރުކާރުގެ އަމާޒު ކަމަށްވާ ގަވާއިދާ ޚިލާފަށް އުޅޭ 5،000 ބިދޭސީން ރާއްޖޭން ފުރުވާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިއްޔެ އާއި ހަމައަށް 4،361 ބިދޭސީން ފުރުވާލެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ނޯޓިސް ދީފައިވާ ފަރާތްތަކާއި އަމިއްލަ ގޮތުގައި ފުރަން ބޭނުންވެގެން ފޮނުވާލާފައިވާ ފަރާތްތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ އަދި މަސައްކަތް ކުރަމުންދާ ބިދޭސީން އަތުލައިގަތުމަށް ޚާއްޞަ ޕްރޮގްރާމެއް ފަށައި ގިނަ އޮޕަރޭޝަންތަކެއް ހިންގާފައިކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު