ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖައްސައިގެން އުޅެން ދަސްކުރަންޖެހޭކަމަށް ވިދާޅުވެ ދިވެހީންގެ އުޅުން ބަދަލު ކުރަންޖެހޭކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް މިއަދު ވިދާޅުވީ، ދިވެހީން މިހާރު އުޅެމުންދާ އުޅުން ހުއްޓާލައިގެން ނޫނީ ހަމަޖެހިގެން އުޅެވޭނެ ދުވަހެއް ގައުމަށް ވެސް އަދި ރައްޔިތަކަށް ވެސް ނާންނާނެ ކަމަށެވެ.

އަދި ލިބޭ އާމްދަނީން އުޅެން ނޭނގުނީމަ ވާނީ ދަރަނިވެރިކަމަށާއި ދިރިއުޅުމުގައި އިސްރާފު މަދުކުރުމަކީ މިކަމުގައި މުހިންމު ކަމެއްކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.



އާޒިމް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ބައެއް އިސް ފަރާތްކުން މީގެ ކުރިން ވެސް ވަނީ އިގުތިސާދީ ގޮތުން ދަށް މިފަދަ ހާލަތުގައި އާންމު ރައްޔިތުން ވެސް އާދައިގެ ދިރިއުޅުމަކަށް ތިރިވެލުމަށް ގޮވާލާފައެވެ. ޚާއްޞަގޮތެއްގައި "ގަރުދިޔަ ބަތް" ކާން ގޮވާލުން ވެގެންދިޔައީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވީ ކަމަކަށެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ ހަރަދު ކުޑަކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް އެކަމުގައި ނުކުރާކަމަށް ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން