ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ހާއްސަ ރެއިޑު އޮޕަރޭޝަންގައި ދެ ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ހާއްސަ ރެއިޑު އޮޕަރޭޝަންގައި އިއްޔެ މާލޭގެ ދެ ތަނެއް ވަނީ ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުންދިއަ ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި އިމިގްރޭޝަން ފަށާފައިވާ މި އޮޕަރޭޝަންގައި މިހާތަނަށް ބިދޭސީން އުޅޭ 1237 ތަން ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ޝަމްއާން ވިދާޅުވީ، މިހާތަނަށް 186 ރޭޑް އޮޕަރޭޝަނެެއް ހިންގައި، 186 ރޭޑް އޯޑަރު ނެރެ، 1237 ތަން ބަލައި ފާސްކޮށްފައިވާ ކަމަށެެވެ. އޭގެ ތެރޭގައި ފުލުހުންނާއި ގުޅިގެން އިންޓެލިޖެންސް ބޭސްޑް ޓާގެޓެޑް 70 ރޭޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝައްމާން ވިދާޅުވީ ސަރުކާރުގެ އަމާޒު ކަމަށްވާ ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން ރާއްޖޭން ފުރުވާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިއްޔެ އާއި ހަމައަށް 4،361 ބިދޭސީން ވަނީ ފުރުވާލާފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ހާއްސަ ރެއިޑު އޮޕަރޭޝަންގައި އިއްޔެ މާލެއިން 02 ތަނެއް ވަނީ ބަލައި ފާސްކޮށްފައި. އަދި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 02 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި.@min_mohst @ShamaanW… pic.twitter.com/dOmwORbY46
— Maldives Immigration (@ImmigrationMV) October 23, 2024
މާލެ ސަރަހައްދުގައި އިމިގްރޭޝަން ފަށާފައިވާ މި އޮޕަރޭޝަންގައި މިހާތަނަށް ބިދޭސީން އުޅޭ 1237 ތަން ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ޝަމްއާން ވިދާޅުވީ، މިހާތަނަށް 186 ރޭޑް އޮޕަރޭޝަނެެއް ހިންގައި، 186 ރޭޑް އޯޑަރު ނެރެ، 1237 ތަން ބަލައި ފާސްކޮށްފައިވާ ކަމަށެެވެ. އޭގެ ތެރޭގައި ފުލުހުންނާއި ގުޅިގެން އިންޓެލިޖެންސް ބޭސްޑް ޓާގެޓެޑް 70 ރޭޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝައްމާން ވިދާޅުވީ ސަރުކާރުގެ އަމާޒު ކަމަށްވާ ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން ރާއްޖޭން ފުރުވާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިއްޔެ އާއި ހަމައަށް 4،361 ބިދޭސީން ވަނީ ފުރުވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު