މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ
މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ
ރާއްޖެއިން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީއާ ގުޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ރާއްޖޭން އައި.އޭ.އީ.އޭ ގައި ބައިވެރިވުމާމެދު މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ.

އެގޮތުން ރާއްޖޭން އެޓޮމިކް އެނާޖީ އޭޖެންސީގައި ބައިވެރިވާން ފެންނަ ކަމަށް 61 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ރާއްޖޭން އައި.އޭ.އީ.އޭ ގައި ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު މިއީ ރާއްޖޭގައި ގާއިމް ކުރުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތުގައި ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

އެގޮތުން ކެންސަރުގެ ފަރުވާއަށް ބޭނުންވާ ރޭޑިއޭޝަން ތެރެޕީ ފޯރުކޮށްދިނުމަށް ބޭނުންވާ އާލާތްތައް ހޯދުމާއި ވޭސްޓް މެނޭޖު ކުރުމަކީ އައިއޭއީއޭގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު