މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ޒުވާނަކު ހޯދަން ހަތް ވަނަ ފަހަރަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާންކޮށްފިއެވެ.

ފުލުހުން އިއުލާން ކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ޓްރެފިކްކުރި މައްސަލައަކާ ގުޅިގެން އައްޑޫ ހިތަދޫ މުހައްމަދު އުބާދަތު ހުސައިން ނަމަކަށް ކިޔާ މީހަކު ހޯދުމަށެވެ.

މިއަދު ކުރި އިއުލާނެއްގައި ފުލުހުން ވަނީ ހިތަދޫ ހަޒާރުމާގޭ އުބާދަތު، 30، ހޯދަން ހަތް ވަނަ ފަހަރަށް އިއުލާންކޮށްފައެވެ. އެންމެ ފަހުން އޭނަ ހޯދަން އިއުލާންކުރީ މިދިޔަ މަހުގެ 26 ގަ އެވެ.

މި މައްސަލައިގައި ފުލުހުން ބުނީ އުބާދަތު ހޯދަން އިއުލާން ކުރަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 އަށް ކްރިމިނަލް ކޯޓުގެ ހުޅުމާލެ ޑިވިޝަންނަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޢުބާދަތު ޙުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން