ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު
ފަތުރުވެރިކަމުގެ ދާއިރާގައި ނަގާ ޓީޖީއެސްޓީ ބޮޑުކުރާ ތާރީޚު އަންނަ އަހަރުގެ އޮކްޓޫބަރަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ހުށައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެންބަރު ޠާރިޤު ވިދާޅުވީ ޓީޖީއެސްޓީ ބޮޑުކުރަން ތާއީދުކުރައްވާ ކަމަށާއި، ނަމަވެސް ޓެކްސް ބޮޑުކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

ޠާރިޤު ވިދާޅުވީ އެންމެފަހުން ޓީޖީއެސްޓީ ބޮޑުކޮށްފައިވަނީ މީގެ ދޮޅުއަހަރު ކުރިން ކަމަށެވެ. އެގޮތުން އެފަހަރު 12 ޕަސެންޓުން 16 ޕަސެންޓަށް ޓީޖީއެސްޓީ ބޮޑުކޮށްފައިވާތީ އަންނަ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރުން އަވަސް ކަމަށް ޠާރިޤް ވިދާޅުވިއެވެ.

“އެކެއް ޖޫން އަކީ ވަރަށް ކުރު މުއްދަތެއް ޓެކުހެއް ޚާއްސަކޮށް ވިޔަފާރިއަކަށް ބަލާއިރު ބޮޑުކުރަން. އެހެންވީމާ އެ މުއްދަތު 31 އޮކްޓޫބަރު 2025 އާ ހިސާބަށް.” ޠާރިޤް ވިދާޅުވިއެވެ.

ތާރިޤު ވިދާޅުވީ، ވިޔަފާރިތަކުން ޢާއްމުކޮށް ކޮންޓްރެކްޓް ހަދާފައި ހުންނަނީ 31 ޑިސެމްބަރު ނުވަތަ 31 އޮކްޓޫބަރުގެ ނިޔަލަށް ނުވަތަ އަހަރުން އަހަރަށް އާކުރާގޮތަށް ކަމަށެވެ. އެހެންކަމުން މިހާރުއޮތް ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ވިޔަފާރިކުރާ ވިޔަފާރިވެރިންނަށް އުނދަގޫތަކެއް ދިމާވާނެ ކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ.

ޠާރިޤްގެ އިސްލާޙަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ތާއީދުކުރެއްވި އެވެ.

ސަރުކާރުގެ ފަރާތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅީ ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރުމަށެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި 17 ޕަސެންޓަށް ޓީޖީއެސްޓީ ބޮޑުކުރުމުން އާމްދަނީގެ ގޮތުގައި ދައުލަތަށް އަންނަ އަހަރު 201.9 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު 330.8 މިލިއަން ރުފިޔާ، އަދި، 2027 ވަނަ އަހަރު 538.4 މިލިއަން ރުފިޔާ ލިބޭނެއެވެ.

އެ ބިލު މާލިއްޔަތު ކޮމިޓީއާއި އިގްތިޞާދީ ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފޮނުވުމަށް މިއަދު ފާސްވީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ.



ކިޔުންތެރިންގެ ހިޔާލު