ދުންފަތުގެ އިސްތިއުމާލުކުރާ ރައްޔިތުން މެމްބަރުންނަށް އާސިއާން ގައުމުތަކުން ލިބޭ އިންޝުއަރެންސް ކަނޑާލަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގޮވާލައްވައފި އެވެ.

ދުންފަތުގެ ހުރިހާ ބާވަތްތަކުން ޓެކްސް ބޮޑުކުރަން ނިންމައި ގާނޫނަށް އިސްލާހު ގެންނަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އިއްޔެ ވަނީ އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށްފަ އެވެ.

އެ ބަހުސްގައި ޕީއެންސީގެ ބައެއް މެމްބަރުން ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އާސަންދަ ލިބޭތީ ނުރުހުން ފާޅުކުރައްވައިފަ އެވެ.

ޕީއެންސީގެ މެމްބަރުންގެ ވާހަކަތަކަށް ހަޖޫ ޖައްސަވައި އެކްސްގައި މިއަދު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ދޭ އާސަންދަ ކަނޑާލާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލްކުރާ މެންބަރުންނަށް އާސިއާންގެ ގައުމުތަކުން މިހާރު ދެމުންގެންދާ އިންޝުއަރަންސްވެސް ކަނޑާލަންވާނެ ކަމަށެވެ.

"އެކަމަކު އެހާ ހިއްވަރެއް ނުހުންނާނެ!" މީކާއިލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރާ މެމްބަރުން ހިމެނެ އެވެ. އޭގެ ތެރެއިން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް މިހާރުވެސް ދުވާލަކު ދެ ފޮށި ސިނގިރޭޓް ބައްލަވާ ކަމަށެވެ.

ނަމަވެސް އަންނަ މަހުގެ 15 ގެ ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައްވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން