ޖިންސީ ގޯނާ އާ ދެކޮޅަށް މާލޭގައި ކުރި އިޙްތިޖާޖެއްގެ ތެރެއިން
ޖިންސީ ގޯނާ އާ ދެކޮޅަށް މާލޭގައި ކުރި އިޙްތިޖާޖެއްގެ ތެރެއިން
8 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި 26 އަހަރުގެ ބިދޭސީ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ އެއިދާރާއިން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

އަދި މިއީ ކުޑަކުދިންނާ ގުޅޭ މައްސަލައަކަށްވާތީ ކުއްޖާގެ ރައްކާތެރި ކަމަށްޓަކައި އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން