މާލީ ވަޒީރު މޫސާ ޒަމީރު
މާލީ ވަޒީރު މޫސާ ޒަމީރު
މި އަހަރަށް ފާސްކޮށްފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓުން ޚަރަދުތައް ފޫބެއްދޭނެކަމަށް ނުފެންނާތީ، ބަޖެޓު ސަޕްލިމެންޓުގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް މިއަދު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ސަރުކާރުގެ ފަރާތުން ހުށައަޅާފައިވަނީ 5,119,508,129ރ. ގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ. އެ ބަޖެޓު ހުށަހަޅަން ޖެހުނު މައިގަނޑު ތިން ސަބަބެއް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ ކުރީ ސަރުކާރުން މަޝްރޫއުތަކަށް އާދަޔާ ހިލާފު ކުދި އަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓު ތައްޔާރު ކޮށްފައިވުމާއި، 2022 އަދި 2023 ގައި ވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް ބަލައި ބަޖެޓު ކޮށްފައިވާއިރު، އެއްވެސް ކަމަކަށް ތައްޔާރުވެފައި ނުވުމާއި، 2023 ގެ ހިސާބުތައް އެކައުންޓް ކުރުމުގައި ބޮޑެތި އަދަދުން ފަރަގު ހުރުމެވެ.

ސަރުކާރުން ހުށައެޅި ސަޕްލިމެންޓަރީ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދެ ބިލިއަން ރުފިޔާ ޚާއްސަ ކޮށްފައިވާއިރު ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އޭގެއިތުރުން ސަރުކާރު ކުންފުނިތަކަށް ދޫކުރުމަށް 441.4 މިލިއަން ރުފިޔާ އާއި ކޮންޓިންޖެންސީ ބަޖެޓަށް 650 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ހަމައެއާއެކު ސްޓޫޑެންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ އާއި މެޑިކަލް ކޮންސިއުމަބަލްސްއަށް 200 މިލިއަން ރުފިޔާ އާއި ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ އަދި މުސާރަ އާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.

މިއަދު ހުށައެޅި ސަޕްލިމެންޓަރީ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 640 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް އަންދާސާ ކޮށްފާއިރު، މުޅިބަޖެޓުގެ ޖުމްލަ އާމްދަނީ 34.1 ބިލިއަން ރުފިޔާއަށް އަރާނެ އެެވެ. ބަޖެޓު ސަޕްލިމެންޓާއެކީ މިއަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަނާ ގާތްކުރެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން