އައްޑޫ ސިޓީގައި ފެނަކައިން ޤާއިމް ކުރާ ސީޕީއެސް ޕްރޮޖެކްޓުގެ ތައްޔާރީތައް ބެއްލެވުމަށް، ޕްރޮޖެކެޓްގެ ކޮންޓްރެކްޓަރ ޑޮންފަންގ އިލެކްޓްރިކް ކޯޕަރޭޝަން ލިމިޓެޑުގެ އިސް ބޭފުޅުންނާއި ފެނަކައިގެ އިސްވެރިން އައްޑޫ ސިޓީއަށް ޚާއްސަ ދަތުރެއް ކުރައްވައިފިއެވެ.

ފެނަކައިގެ ޗީީފް ޓެކްނިކަލް އޮފިސަރ ޢަބްދުﷲ ނާޝިތު އަދި ޗީފް އޮޕަރޭޓިން އޮފިސަރ މުޙައްމަދު މުރާދުގެ އިތުރުން ޕްރޮޖެކްޓްގެ ފައިނޭސިން ޕާރޓްނަރ، ސިޓިކް ބޭންކުގެ ބޭފުޅުންވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބުދަ ދުވަހު ކުރެއްވި މި ދަތުރުގައި، އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރާއި ކައުންސިލްގެ މެންބަރުންނާ، ބައްދަލު ކުރައްވައި، މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ވަނީ ޙިއްސާ ކުރައްވާފައެވެ. އަދި އައްޑޫ ފެނަކަ ސީޕީއެސްގެ ޓެކްނިކަލް މުވައްޒަފުންނާއި ބައްދަލު ކުރައްވާ، މި ޕްރޮޖެކްޓްގެ އިތުރުން އައްޑޫގެ ކަރަންޓުގެ ޚިދުމަތްތަކާއި ގުޅޭގޮތުން މައުލޫމާތު ބަދަލުކޮށްފައިވެއެވެ.

އައްޑޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް، ފެނަކައިން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ، 32 މެގަވޯޓުގެ ކަރަންޓު ކެޕޭސިޓީއާއެކު އައްޑޫގައި ޤާއިމް ކުރެވޭ ސެންޓްރަލް ޕަވަރ ސްޓޭޝަންއެކެވެ. މި ޕްރޮޖެކްޓާއެކު އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ފެނަކައިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން