ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނުކުރާނެ 4 މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން މިދިޔަ އޮަގަސްޓު މަހުގެ 19 ވަނަ ދުވަހު މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެގޮތަށް ލަފާ ދެއްވުމުންނެވެ.
އެ މަގާމަށް އާންމުކޮށް އިއުލާނުކޮށްގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 13 ބޭފުޅެއްގެ ނަން ރައީސް ޑރ. މުޢިއްޒު މަޖިލީހަށް ފޮނުވި ނަމަވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓުގައި 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވަނީ 7 ބޭފުޅަކަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮންމެ ނަމަކަށް ވަކިވަކިން ވޯޓަށް އަހާފައިވާއިރު އަބްދުލް ޣަނީއާއި އިބްރާހިމް ޝަރީފާއި ހަސަން ޒުހައިރު މުހައްމަދު އަދި ޝިފްޒާ އަބްދުލް ގައްޔޫމްގެ ނަން ފާސްވެފައިވަނީ 68 މެންބަރުންގެ އިއްތިފާގުންނެވެ.
މުހައްމަދު އަމީން ޒާހިރުގެ ނަމަށް ވޯޓަށް އެހުމުން އެ ނަން ބަލައި ނުގަތުމަށް 53 މެންބަރުންގެ ވޯޓުދެއްވާފައިވާއިރު އެ ނަން ބަލައިގަތުމަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ. އަދި އަބްދުالله އަބްދުލް ހަކީމްގެ ނަން ބަލައި ނުގަތުމަށް 52 މެންބަރުން ވޯޓު ދެއްވިއިރު ނަން ބަލައިގަތުމަށް 7 މެންބަރުން ވޯޓު ދެއްވި އެވެ.
އޭގެ އިތުރުން އަލީ ރިޒާ އިސްމާއިލްގެ ނަން ބަލައިނުގަތުމަށް 51 މެންބަރުން ވޯޓު ދެއްވިއިރު ބަލައިގަތުމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މިވަގުތު ހުންނެވީ އިސްމާއީލް ސާޖިދު އެކަންޏެވެ.
އެ ޓްރައިބިއުނަލްގެ މައްސަލަތައް ޖުޑިޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ޓްރައިބިއުނަލްގެ ބައެއް މެމްބަރުން މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ނުހައްގު މުއްސަނދިކަން ހޯދުމާއި ކޮރަޕްޝަނުގެ ތުހުމަތުތައް ފާހަގަކޮށްފައި ވެއެވެ. އަދި އެ މައްސަލަތައް އޭސީސީއަށް ހުށަހަޅަން ވެސް ޖުޑިޝަރީ ކޮމިޓީން ވަނީ ލަފާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު