ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިިމިގްޜޭޝަނުންް ކ. ގުރައިދޫގައި އޮޕަރޭޝަނެއް ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނީ މިއީ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގުޅޭ ރިޕޯޓުތަކަށް ބަލައި، އިމިގްރޭޝަނާއި ފުލުހުން އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި ގުރައިދޫއަށް ވަޑައިގެން އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުވެސް ދަނީ ހަަރަކާތްތެރިވަމުން ނެެވެ.

ގުރައިދޫ ކައުންސިލް މެމްބަރު އިބްރާހިމް ޝަމީޒް "ރަސް"އަށް ވިދާޅުވީ ގުރައިދޫގައި ގަވައިދާ ހިލާފަށް 100 އެއްހާ ބިދޭސީން އުޅޭ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެގޮތުން އެ ބިދޭސީން ކޮންސްޓްރަކްޝަން މަސައްކަތްތައް ނަގައިގެން އުޅޭ ކަމަށް ފާހަގަ ކުރެވޭކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ބިދޭސީން އަމިއްލައަށް އެފަދަ މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

އިމިގްރޭޝަނުން މިހާރު ހިންގަމުންދާ ރެއިޑްތައް މާލޭގައި ހިންގަމުންދާ އިރުވެސް ބޮޑަށް އަމާޒުކުރަމުން ދަނީ ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށެވެ. އަދި އެފަދަ އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން