ލޯކަލް ކައުންސިލްތަކުން 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް، މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދާ އެއްގޮތަށް، އަންހެނުން ބާރުވެރި ކުރުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަން ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ވަނީ އިސްލާހު ގެނެސްފަ އެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ވަނީ އެ މާއްދާ ބާތިލް ކޮށްދިނުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް މާދަމާ ހެނދުނު ފަށާއިރު، ޝަރީއަތް ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރާނެ ކަމަށް ހައި ކޯޓުން ބުންޏެވެ. އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އަންހެނުންނަށް ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި ޚާއްސަ ކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން މޫސާ އަންވަރު ފުރަތަމަ ހުށަހެޅުއްވީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން އެންގީ އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން، މި އަހަރު ބާއްވަން ހަމަޖެއްސި ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރަށް ފަސް ކޮށްފައިވާތީ، މި މައްސަލާގައި ކޯޓުން ނިންމާ ގޮތެއްގެ ސަބަބުން އިންތިޚާބަށް ބޮޑު ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

Moosa Anwar Vs Attorney General (2020/HC-DM/02) https://t.co/MPeg4mRTER pic.twitter.com/ueYUVqzEuL
— High Court of the Republic of Maldives (@mvhighcourt) August 24, 2020
އަންހެނުންނަށް ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި ޚާއްސަ ކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން މޫސާ އަންވަރު ފުރަތަމަ ހުށަހެޅުއްވީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން އެންގީ އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން، މި އަހަރު ބާއްވަން ހަމަޖެއްސި ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރަށް ފަސް ކޮށްފައިވާތީ، މި މައްސަލާގައި ކޯޓުން ނިންމާ ގޮތެއްގެ ސަބަބުން އިންތިޚާބަށް ބޮޑު ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު