ރައީސް މައުމޫނަށް އޮޅުވާ ނުލެވުނު ހަމައެކަނި ވޯޓުގައި އެމަނިކުފާން ވީ ބަލި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު، ރައީސް މައުމޫނަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ދިވެހި ރާއްޖޭގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓަށް ރައްދުދެއްވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫން ވަނީ 2007 ވަނަ އަހަރުގެ ނިޒާމުގެ ވޯޓު "ކަނޑައެޅިގެން އޮޅުވާލާފައި" ކަމަށެވެ. އަދި ރައީސް މައުމޫނުގެ ޙަޔާތްޕުޅުގައި ކޮންމެ ވޯޓެއްގައިވެސް ވަނީ މަކަރު ހައްދަވައި އޮޅުވާލައްވާފައި ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
"މަނިކްފާނަށް އޮޅުވާ ނުލެއްވުނީ 2008 ގެ ވޯޓް. އެއިން ވީ ބަލި." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނަން ފެންނަނީ ވެރިކަމުގެ ކޮން ނިޒާމެއްތޯ ބަލަން ރައީސް މައުމޫންގެ ވެރިކަމުގައި، 2007 ވަނަ އަހަރު ނެގި ވޯޓްގައި، 62 އިންސައްތަ މީހުން ތާއީދު ކުރީ ރިޔާސީ ނިޒާމަކަށެވެ. 37 އިންސއްތަ މީހުން ތައީދު ކުރީ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮތުމަށެވެ. ނިޒާމީ ވޯޓްގައި އެމްޑީޕީން ތާއިދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ރައީސް މައުމޫނާއި އޭރު އެމަނިކުފާނުގެ ޕާޓީ ޑީއާރްޕީން ތާއިދު ކުރީ ރިޔާސީ ނިޒާމަކަށެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ނަގާފައިވާ ހުރިހާ ވޯޓެއް ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ވިދާޅުވެ ރައީސް ނަޝީދު މިއަދު އެ ކުރައްވާ ތުހުމަތަކީ ރާއްޖޭގެ ގިނަ ރައްޔިތުން ވެސް ވަރަށް ބޮޑަށް ދަންނަ ކަމެކެވެ. ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ރާއްޖޭގައި ލާފައިވާ ވޯޓުތަކުގައި ނޫނީ އިންތިޚާބު ތަކުގައި ކަން ހިނގާ ގޮސްފައިވާ ގޮތް އެއީގިނަ ބަޔަކަށް އެނގި އެކަމުގެ ތަޖުރިބާތައް ވެސް ގިނަ ބަޔަކު ކޮށްފައިވާ އިންތިޚާބު ތަކެކެވެ.
އޭރު ކުޑަ ކާފާއި ބޮޑު ކާފު ލައްވައިގެން އަދި އަތޮޅު ވެރިންނާއި ކަތީބުންނާއި ރައީސް މައުމޫން މަގާމާއި ބާރު ދެއްވައިގެން ރަށްރަށުގައި ތިބި މީހުން ވޯޓު ފޮށި މަތީގައި އަތް އަޅައި، ބަނޑު އަޅައިގެން ވޯޓު ފޮށްޓަށް މައުމޫނުގެ ނަމުގައި ރަސްގެ ލާފައި އެންމެ ވޯޓެއް ވެސް ލިޔަ ނުދީ ރަށްރަށުގައި ވޯޓުލުުމުގައި އޭރު ގެންގުޅުނު ސަގާފަތަކީ ރާއްޖޭގެ އެންމެން ދަންނަ ކަމެކެވެ. އެގޮތުން އޭރު، ރައީސް މައުމޫންގެ ހުރިހާ ބާރެއް އޮވެގެން ލާފައިވާ ނިޒާމީ ވޯޓަކީވެސް މިނިވަން އިންސާފުވެރި އަދި ނުފޫޒުން އެއްކިބާ ވެފައިވާ ވޯޓެއް ކަމަކަށް ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލެއް ނުކުރެއެވެ. ރައީސް ނަޝީދަކީ އޭރު އިދިކޮޅުގައި ހުންނަވައިގެން ރައީސް މައުމޫންގެ "ޚުދުމުޚުތާރު" ވެރިކަމާއި ދެކޮޅަށް ފާޅުގައި އެންމެ ބޮޑަށް އަޑު އުފުއްލެވި އެއް ސިޔާސީ ލީޑަރެވެ.
ވެރިކަމުގެ ނިޒާމުގެ ވާހަކައިގެ އަޑު ގަދަވެފައި މިވަނީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީއަށް ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ހުށައެޅުއްވި އިސްލާޙަކާއި ގުޅިގެންނެވެ. ޖާބިރުގެ އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ވޯޓުން ކަނޑައެޅި ނަމަވެސް ގާނޫނު އަސާސީގައި ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އޭގެ އިތުރަށް ގާނޫނު އަސާސީ ބައްޓަން ކޮށްފައި ވަނީ ބަރުލަމާނީ ގިނަ ސިފަތައް ވެސް ހިމެނޭ ގޮތަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކައަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ކޮންމެވެސް ވަރަކަށް ދެކެވެމުންދާ ވާހަކައެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާކަން ގެންދަވަނީ ހާމަކުރައްވަމުންނެވެ. އެހެން ނަމަވެސް މިވަގުތު ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙް މިމައްސަލައިގައި ކުރިން ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުން ގޮތް ނިންމާފައިވާ ކަމަށާއި، އެ ކަމަށް ބަދަލު ގެންނާނީވެސް ރައްޔިތުން ކަމަށެވެ.

Raees Maumoon ge hayyaipulhuga konme vote eh vanee e manikfaanu olhuvaalavvaa makaru hahdhavaafa. 2007 ge nizam ge vote ves kan’daelhigen olhuvaalevvi. Manikfaanah olhuvaa nulevvunee hama ekani 2008 ge vote. E in vee bali
— Mohamed Nasheed (@MohamedNasheed) August 24, 2020
ރާއްޖޭގައި އޮންނަން ފެންނަނީ ވެރިކަމުގެ ކޮން ނިޒާމެއްތޯ ބަލަން ރައީސް މައުމޫންގެ ވެރިކަމުގައި، 2007 ވަނަ އަހަރު ނެގި ވޯޓްގައި، 62 އިންސައްތަ މީހުން ތާއީދު ކުރީ ރިޔާސީ ނިޒާމަކަށެވެ. 37 އިންސއްތަ މީހުން ތައީދު ކުރީ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮތުމަށެވެ. ނިޒާމީ ވޯޓްގައި އެމްޑީޕީން ތާއިދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ރައީސް މައުމޫނާއި އޭރު އެމަނިކުފާނުގެ ޕާޓީ ޑީއާރްޕީން ތާއިދު ކުރީ ރިޔާސީ ނިޒާމަކަށެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ނަގާފައިވާ ހުރިހާ ވޯޓެއް ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ވިދާޅުވެ ރައީސް ނަޝީދު މިއަދު އެ ކުރައްވާ ތުހުމަތަކީ ރާއްޖޭގެ ގިނަ ރައްޔިތުން ވެސް ވަރަށް ބޮޑަށް ދަންނަ ކަމެކެވެ. ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ރާއްޖޭގައި ލާފައިވާ ވޯޓުތަކުގައި ނޫނީ އިންތިޚާބު ތަކުގައި ކަން ހިނގާ ގޮސްފައިވާ ގޮތް އެއީގިނަ ބަޔަކަށް އެނގި އެކަމުގެ ތަޖުރިބާތައް ވެސް ގިނަ ބަޔަކު ކޮށްފައިވާ އިންތިޚާބު ތަކެކެވެ.
އޭރު ކުޑަ ކާފާއި ބޮޑު ކާފު ލައްވައިގެން އަދި އަތޮޅު ވެރިންނާއި ކަތީބުންނާއި ރައީސް މައުމޫން މަގާމާއި ބާރު ދެއްވައިގެން ރަށްރަށުގައި ތިބި މީހުން ވޯޓު ފޮށި މަތީގައި އަތް އަޅައި، ބަނޑު އަޅައިގެން ވޯޓު ފޮށްޓަށް މައުމޫނުގެ ނަމުގައި ރަސްގެ ލާފައި އެންމެ ވޯޓެއް ވެސް ލިޔަ ނުދީ ރަށްރަށުގައި ވޯޓުލުުމުގައި އޭރު ގެންގުޅުނު ސަގާފަތަކީ ރާއްޖޭގެ އެންމެން ދަންނަ ކަމެކެވެ. އެގޮތުން އޭރު، ރައީސް މައުމޫންގެ ހުރިހާ ބާރެއް އޮވެގެން ލާފައިވާ ނިޒާމީ ވޯޓަކީވެސް މިނިވަން އިންސާފުވެރި އަދި ނުފޫޒުން އެއްކިބާ ވެފައިވާ ވޯޓެއް ކަމަކަށް ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލެއް ނުކުރެއެވެ. ރައީސް ނަޝީދަކީ އޭރު އިދިކޮޅުގައި ހުންނަވައިގެން ރައީސް މައުމޫންގެ "ޚުދުމުޚުތާރު" ވެރިކަމާއި ދެކޮޅަށް ފާޅުގައި އެންމެ ބޮޑަށް އަޑު އުފުއްލެވި އެއް ސިޔާސީ ލީޑަރެވެ.
ވެރިކަމުގެ ނިޒާމުގެ ވާހަކައިގެ އަޑު ގަދަވެފައި މިވަނީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީއަށް ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ހުށައެޅުއްވި އިސްލާޙަކާއި ގުޅިގެންނެވެ. ޖާބިރުގެ އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ވޯޓުން ކަނޑައެޅި ނަމަވެސް ގާނޫނު އަސާސީގައި ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އޭގެ އިތުރަށް ގާނޫނު އަސާސީ ބައްޓަން ކޮށްފައި ވަނީ ބަރުލަމާނީ ގިނަ ސިފަތައް ވެސް ހިމެނޭ ގޮތަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކައަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ކޮންމެވެސް ވަރަކަށް ދެކެވެމުންދާ ވާހަކައެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާކަން ގެންދަވަނީ ހާމަކުރައްވަމުންނެވެ. އެހެން ނަމަވެސް މިވަގުތު ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙް މިމައްސަލައިގައި ކުރިން ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުން ގޮތް ނިންމާފައިވާ ކަމަށާއި، އެ ކަމަށް ބަދަލު ގެންނާނީވެސް ރައްޔިތުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު