ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ރަސް"އަށް ވިދާޅުވީ މިއަދު ފަތިހު 05:30 ކަންހާއިރު ހުޅުމާލޭގެ ފޭސް ދޭއްގައި ހިޔާ 13 ކައިރީގައި ހުރި ޓްރާންސްފޯމަރެއްގެ ތެރެއަށް މީހަކު ވަދެ ވައްކަން ކުރަން އުޅޭ ކަމުގެ މައުލޫމާތެއް ރިޕޯޓްކުރި ކަމަށެވެ.
އަދި އެ ވައްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އެ މައްސަލައިގައި ހައްޔަރުކުރީ ނ. މާޅެންދޫ/ ފެހި އައްސޭރި، އަހުމަދު ރިފްޝާން (32 އަހަރު) އެވެ.
މިއީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު ފުރަަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މިދިޔަ މާޗު މަހު ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ވަނީ ކަރަންޓުގައި ޖެހިގެން މަރުވެސްވެފަ އެވެ.
ޓްރާންސްފޯމަރުފަދަ އާލާތްތަކަކީ ނުރައްކާތެރި މިންވަރަކަށް ކަރަންޓު ދައުރުވާ ތަކެއްޗެވެ.

ކިޔުންތެރިންގެ ހިޔާލު