މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 5 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި އިއްޔެ ކުރިއަށް ގެންދެވުނު ރެއިޑު އޮޕަރޭޝަނެއްގައި 3 ކެފޭ އެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެތަނުން ބައެއް ކެފޭތަކުގައި ގަވާއިދާއި ހިލާފަށް މަސައްކަތް ކުރަމުންދިޔަ 05 ބިދޭސީއަކު މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށްޓަކައި މާލެ ސަރަހައްދުގައި އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި މިހާތަނަށް ވަނީ ބިދޭސީން އުޅޭ 1237 އަށްވުރެ ގިނަ ތަން ބަލާ ފާސްކޮށްފައެވެ.
އަދި މި ރެއިޑު އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4000 އަށްވުރެ ގިނަ ބިދޭސީން މިހާރު ވަނީ ފުރުވާލާފައެވެ.

މާލޭގައި އިއްޔެ ކުރިއަށް ގެންދެވުނު ރެއިޑު އޮޕަރޭޝަންގައި 03 ކެފޭއެއް ބަލައި ފާސްކޮށް، މިތަނުން ބައެއް ކެފޭތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަަ 05 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި.@min_mohst @ShamaanW @HomeMinistrymv @PoliceMv @MoEDmv… pic.twitter.com/mZ9j2sCgZ7
— Maldives Immigration (@ImmigrationMV) October 27, 2024
ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށްޓަކައި މާލެ ސަރަހައްދުގައި އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި މިހާތަނަށް ވަނީ ބިދޭސީން އުޅޭ 1237 އަށްވުރެ ގިނަ ތަން ބަލާ ފާސްކޮށްފައެވެ.
އަދި މި ރެއިޑު އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4000 އަށްވުރެ ގިނަ ބިދޭސީން މިހާރު ވަނީ ފުރުވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު