އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކޮރަޕްޝަންގެ ކަންކަން ބެލޭކަމަށް ރައްޔިތުން ޤަބޫލެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށައެޅުއްވި އިސްލާހަށް ބަހުސް ކުރަށްވަމުންނެވެ.
މި އިސްލާހަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަނު ކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަކުރުމަށް ސަރުކާރުން ހުށައެޅި ބިލެކެވެ.
ބިލަށް ބަހުސް ކުރަށްވަމުން ނާޒިމް ވިދާޅުވީ މިއަދު ސަރުކާރުން ހުށައަޅާފައިވާ ބިލުން ޙާސިލް ކުރަން ބޭނުންވާ ނަތީޖާއަށް ބަލާއިރު ބިލަށް ފާޑު ކިޔުމުގެ ފުރުސަތު ނެތް ކަމަށެވެ. އެގޮތުން ކުރަން މިއުޅެނީ އައު ކަމެއް ނޫން ކަމަށާއި މިއީ އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތާ އެއްގޮތަށް ކުރާ ކަމެއްކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އައްޔަނުކުރުމުގެ ކަންކަން ބަދަލުކޮށްފައިވަނީ މިހާރު އިސްލާހު ހުށަހަޅާފައި އޮތް ގޮތަށް ކަމަށެވެ. އޭގެ އިތުރުން އެމްޑީޕީގެ ބާރުއޮތް މަޖިލީހުން އޭސީސީގެ ހުރިހާ މެންބަރުން މަޤާމުން ދުރުކުރިކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މިނިވަން މުއައްސަސާތަކަށް ބައެއް ބަދަލުތައް ގެންނަންޖެހޭކަން ފާހަގަ ކުރަށްވަމުން ނާޒިމް ވިދާޅުވީ އޭސީސީއަށް ރާއްޖޭގެ ކޮރަޕްޝަންގެ ކަންކަން ނުބެލޭ ކަމަށާއި އަދި އެކަންކަން ހައްލު ކުރެވޭ ކަމަށް ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ.
“ރާއްޖޭގެ އެއްވެސް ރައްޔިތަކު ނެތް އެންޓި ކޮރަޕްޝަން ބޯޑު ހިނގަންވާ ގޮތަށް ހިނގާކަމަށް ޕާފޯމްކުރަންވާ ގޮތަށް ޕާފޯމްކުރާ ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރެވޭ ބަޔަކަށް އޭސީސީ ވާކަމަށް ގަބޫލުކުރާ.” ނާޒިމް މިއަދު ވިދާޅުވިއެވެ.
އެހެންކަމުން މިނިވަން މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް ޕްރޮފެޝަނަލް ކުރުމަށް މިހާރު ހުށައަޅާފައިވާ އިސްލާޙު މުހިންމު ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
“ނުހައްގުން މީހުން މުއްސަނދިވާއިރު ފިޔަވަޅެއް ނޭޅޭ. އެފްއޭއެމްގެ ރައީސް ވެސް ދެ އެޕާޓްމެންޓް ގުޅާލައިގެން އެތައް ކަމެއް ކުރިއިރު ނޭނގޭ.” ނާޒިމް ވިދާޅުވިއެވެ.
ސަރުކާރުން އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށެވެ. ނަމަވެސް އެ ނިންމުން މަޖިލީހަށް ހުށައަޅައި ފާސްކުރަންވާނެ ކަމަށްވެސް އިސްލާޙުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު