އައިލެންޑް އޭވިއޭޝަންގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހޯދަން މިއަދު ބޭއްވި ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަން ކޮމިޓީގެ މެންބަރުން މިއަދު މަޖިލީހުގެ އެ ކޮމިޓީއަށް ހާޒިރުކުރީ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހޯދުމުގެ އިތުރުން އެ ކުންފުނީގެ ކްރެޑިޓް ޕޮލިސީ އިމްޕްލިމެންޓްކުރާ ގޮތާ ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ.
ނަމަވެސް އެ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ މާލީ ހަލާތާ ގުޅޭ ފުރިހަމަ މައުލޫމާތު އަދި މީޑިއާއަށް ތިލަކޮށްދީ އެކަން ބޮޑު ސަކަރާތަކަށް ހަދަން އަދި ބޭނުންނުވާ ކަމަށެވެ.
އެހެންވެ އޭނާ ހުށަހެޅުއްވީ އެ ކޮމިޓީ ސިއްރު ކުރެއްވުމަށެވެ.
އަދި އެ ނިންމުމަށް ކޮމިޓީގެ މެންބަރުން ތާއިދުކުރައްވައި ކޮމިޓީ ސިއްރުކުރަން ނިންމިއެވެ.
އެ ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު މިއަދު ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ކޮމިޓީއަކީ ސަބްކޮމިޓީއަކަށް ވާތީ ބޭނުންވަނީ މައުލޫމާތު ސާފުކޮށް އިތުރަށް ރިޕޯޓްއެއް ހެދުމަށް ފަހު އައިލެންޑް އޭވިއޭޝަން ކޮމިޓީއާ ގުޅޭ މައްސަލަަތައް މައިކޮމިޓީއަށް ގެންނަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު