ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމެންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފި އެވެ.
ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ 5.1 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަދި ކޮމިޓީން ވެސް ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އިއްޔެ އެ ބަޖެޓު ފާސްކޮށްދީފަ އެވެ.
އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު އެ ބަޖެޓު ފާސްކޮށްދިނީ 75 މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ. އެ ބަޖެޓާ ދެކޮޅަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.
މިއަދު ފާސްކުރި ސަޕްލިމެންޓަރީ ބަޖެޓުގައިވަނީ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރަށް 640 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އެއީ، ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން އިތުރު 61 މިލިއަނާއި އެހެނިހެން އާމްދަނީގެ ގޮތުގައި 379 މިލިއަނާއި ހިލޭ އެހީގެ ގޮތުގައި 199 މިލިއަން ރުފިޔާއެވެ.
މިއަދު ފާސްކުރި ބަޖެޓާއެކު މި އަހަރުގެ ބަޖެޓު ޖުމްލަ 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު