ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ގުރު ނެގުމުގެ މަސައްކަތަށް ހައުސިން މިނިސްޓްރީގެ އޮފިޝަލުން ހަމަޖައްސާފައިވާތީ ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމެވެ.
މީކާއީލް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އައު ޕްލޮޓްތައް އެކަށައެޅުމަށްޓަކައި ގުރުއަތު ނެގުން އިއްޔެ ފެށީ ގޯތީގެ ހައްގުވެރިންނަށް ދުރާލާ އެންގުމަކާ ނުލައި ކަމަށެވެ.
އޭގެ އިތުރުން ގޯތީގެ ހައްގުވެރިންނަށް ގުރުނެގުމުގައި ބައިވެރިނުވެވޭ ގޮތަށް ސީދާ މިނިސްޓްރީގެ އޮފިޝަލުން ގުރުނަގާގޮތަށް ހަމަޖެއްސުމަކީ، ކޮރަޕްޝަނަށް މަގުފަހިވެ، ގޯތީގެ ހައްގުވެރިންގެ މުދަލަކަށް ނުހައްގުން އަރައިގަތުމުގެ ފުރުސަތު ހުޅުވިގެންދާ ގޮތަށް ކުރަމުންދާ ކަމެއް ކަމަށް އެ މައްސަލާގައި ވެއެވެ.
އެހެންކަމުން ގުރުނެގުމުގެ ކަންކަން ހާމަކަން ބޮޑުކޮށް ކުރިއަށް ގެންގޮސްދިނުމަށް މީކާއީލް ހުށައެޅުއްވި ކުއްލި މައްސަލާގައި ވަނީ ގޮވާލާފައެވެ.
މި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލާފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 10 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު