ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު(އެމްއެންޑީއެފް) އާއި އަވައްޓެރި އިންޑިއާގެ ނޭވީއާ ގުޅިގެން ތަމްރީނެއް ފަށައިފިއެވެ.

ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ކުރިޔަށް ގެންދަނީ "އެކްސަސައިޒް އެކަތަ 2024" ތަމްރީން ޕްރޮގްރާމެވެ. މި ޕްރޮގްރާމް ކުރިޔަށް ދަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގައެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ، މިހާރު ފަށާފައިވާ ތަމްރީނުގެ ސަބަބުން ދެ ގައުމުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

މިހާރު ކުރިޔަށްދާ މި ތަމްރީނު ޕްރޮގްރާމަކީ އިންޑިއާ ނޭވީއާ ގުޅިގެން އެމްއެންޑީއެފުން ހިންގާ މި ސިލްސިލާ ތަމްރީނުގެ ހަތް ވަނަ ޕްރޮގްރާމުކަން ފާހަގަ ކުރެވެއެވެ.

މި ހަރަކާތް ކުރިއަށް ގެންދާ މުއްދަތަކާއި އަދި ހަރަކާތް ކުރިއަށްގެންދާ ސަރަހައްދެއް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ތަފާތު އެކި ގައުމުތަކާއި ގުޅިގެން ތަމްރީނުތައް ހިންގަމުން އަންނަކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން