ސަރުކާރުން 2025 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓަކީ ރައްޔިތުންގެ ޖީބަށް އަތް ބާނަން ކަނޑައެޅި ބަޖެޓެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ 2025 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުން ފެނިގެންދަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދޭނެ ގޮތެއް ނެތްކަން ކަމަށެވެ. އަދި އެ ބަޖެޓަކީ އެއްވެސް ޕްލޭނެއް، އަދި ރޭވުންތެރިކަމެއް ނެތް ބަޖެޓެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މި ބަޖެޓުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އަންނަ އަހަރު ދައްވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި ވިޔަފާރިތަކުގެ ފައިދާ ދަށްވެ އެކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށްވެސް އަސަރު ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ޕޯސްޓުގައި ވިދާޅުވީ ދައުލަތުގެ ރިކަރަންޓު ހަރަދުތައް މައްޗަށްދާ ކަމަށާއި، މި ބަޖެޓު ފޫބައްދަން 16.9 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ފައިސާ ހޯދާނެ ހަރުދަނާ ރޭވުންތެރި ގޮތެއް ބަޖެޓުން ނުފެންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި މި ބަޖެޓުގައި ރައްޔިތުންނާ ގުޅުންހުރި އެތައް ގޮތަކުން ހަރަދު ކުޑަ ކުރަން މަސައްކަތް ކުރާނެކަމަށް ބުނާއިރު، ސަރުކާރުން ކުރާ އިސްރާފާއި، ސިޔާސީ މަގާމުތަކުގެ މުސާރައާއި އިނާޔަތަށް ހޭދަކުރާނެ މިންވަރު ކުޑަކުރަން މަސައްކަތް ކުރާ ތަނެއް ބަޖެޓުން ނުފެންނަ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ބަޖެޓުގެ އެންމެ ބޮޑު ބައެއް އަދާކުރަނީ މުވައްޒަފުންގެ މުސާރައާއި ތަރައްގީގެ މްޝްރޫއުތައް ކަމަށެވެ. ނަމަވެސް މުވައްޒަފުންގެ މުސާރަ ބެހިގެންދާ ގޮތުގެ ތަފްސީލެއް ބަޖެޓުން އެނގެން ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ކަނޑައެޅި ފައިސާ ހަރަދުކުރާ ގޮތެއް އެނގެން ނެތް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނަށް ސަރުކާރު ޖަވާބުދަަރީ ކުރުވުމަށް ހުރަސް އެޅޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ވައްކަމާއި ފަސާދައަށް މަގުފަހިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އަދި ސަރުކާރުން ކަނޑައެޅި މި ބަޖެޓަކީ ރައްޔިތުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހާ ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މި ސަރުކާރުން ވަނީ އެމްޑީޕީއިން ގެނައި ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތު ބަދަލު ކޮށްފައި ކަމަށެވެ. އަދި ބަޖެޓުގައި އަބަދުމެ ހުންނަ ތަފްސީލުތައް ސަރުކާރުން ވަނީ ފޮރުވައި، ސިއްރުކޮށްފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ޝާހިދު މިފަދައިން ވިދާޅުވި ނަމަވެސް އެމްޑީޕީ ސަރުކާރު ނިމިގެންދިޔައިރު ފަސް އަހަރުގެ ދަރަނި ވަނީ ވޭތުވެދިޔަ 40 އަހަރާ ނުބައްދަލު މިންވަރަށް އަރާފައެވެ.
ބަޖެޓު ބަޔާން ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ އަދި 2022 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ގުޅޭ މުހިންމު ޚަރަދުތަކެއް އިތުރަށް ކުރަންޖެހުމުން، އެކަން ކުރިއަށްގެންދެވެން އޮތް ހަމައެކަނި މަގަކީ ސަރުކާރުން އިތުރަށް ދަރަނިވެރިވެގެންނާއި ފައިސާ ޗާޕުކޮށްގެން ކަމުގައި، ރައްޔިތުންގެ މަޖީލީހަށް ކުރިން ބަޖެޓުތައް ހުށަހެޅިއިރު ވަކާލަތުކޮށްފައިވާ ކަމަށެވެ.
2025 ވަނަ އަހަރަށް ލަފާކޮށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓު ބަޔާނުގައި ނިމިދިޔަ ރައީސް ޞާލިހުގެ ސަރުކާރުގެ މާލީ ސިޔާސަތަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފިއެވެ.

އެގޮތުން 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މަޖިލީހުގެ ރުހުމާއެކު ޖުމުލަ 8.8 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކަށް އަނބުރާ ދައްކާނެގޮތަށް ދަރަންޏަށް ނަގާފައިވާ ކަމުގައި މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. އަދި އެކަން ކޮށްފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
"2022 ވަނަ އަހަރު ކޮވިޑް-19 ގެ ހާލަތުން ވީއްލި، އިގުތިސާދު އިއާދަވެ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ފައިސާ ޗާޕުކުރުމަށް ކަނޑައަޅާފައިވާ އިސްތިސްނާގެ ހާލަތްތައް ނެތިދިއުމަށްފަހުވެސް، ދިވެހި ރައްޔިތުންނާއި ގައުމުގެ މާލިއްޔާގެ މަސްލަހަތުގެ މައްޗަށް ސިޔާސީ ތައައްސަބު އިސްކޮށް، އިތުރުކުރަމުން ދިޔަ ޚަރަދުތައް ފޫބެއްދުމަށް ފައިސާ ޗާޕުކުރުމުގެ ޒިންމާދާރުކަން ކުޑަ ސިޔާސަތު ވަނީ ކުރިއަށް ގެންގޮސްފައި." މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ އިގުތިސާދު އިތުރަށް ފުޅާކުރުމާއި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިންމު ޚިދުމަތްތަކަށް ކުރަންޖެހިފައި ހުރި ހޭދަތަކުގެ ނަމުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ސަރުކާރުގެ ޚަރަދު ވަނީ އިގުތިސާދާއި ދައުލަތުގެ އާމްދަނީއާ ނުބައްދަލު މިންވަރަށް އުފުލާފައި ކަމަށެވެ.
"މިގޮތުން، ފަސް އަހަރު ކުރިން 28.2 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ބަޖެޓު ވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް 50.9 ބިލިއަން ރުފިޔާއަށް އަރުވާ، ޖީޑީޕީގެ ނިސްބަތުން 124 އިންސައްތައާ ހަމައަށް ދައުލަތުގެ ޖުމުލަ ދަރަނި ގެންގޮސްފައި. ނަތީޖާ އަކީ މިއަދު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓަރެސްޓަށް ހޭދަކުރަންޖެހުން." ބަޖެޓު ބަޔާން ހުށައަޅުއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު