Majeedhee magugai gai hunna fihaaraeh falhaalai vakkan koffi
Majeedhee magugai gai hunna fihaaraeh falhaalai vakkan koffi
މަޖީދީ މަގުގައި ހުންނަ މޮބައިލް ވިއްކާ މަޝްހޫރު "ޒިއޯން މޮބައިލްސް 4" ފިހާރަ ފަޅާލައި ވައްކަންކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 05:35 ކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ފިހާރަ ފަޅާލީ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށެވެ.

ޒިއޯން ފިހާރައިގެ ވެރިޔާ ރަފީއުއްދީން ހަސަން އެކްސްގައި ވިދާޅުވީ އެ ހާދިސާ ހިނގިއިރު ފިހާރަ ކައިރީގައި މީހުން ތިބީ ކުޅި ބަލަން ކަމަށެވެ.

އަދި ވަގަށް ނެގި ތަކެތީގެ އަގު ލައްކައަކަށް ވުރެ މައްޗަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާ ފަސޭހައިން ތަންތަނަށް ގެއްލުންދީ ވައްކަންކޮށް އަދަބެއް ނުލިބި ވަގުން މިގޮތަށް ދޫވެފައި ތިބުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް." ރަފީއުއްދީން ވިދާޅުވި އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު