ނުހައްގު މުއްސަނދިކަން ހޯދާ މީހުންނަށް އަދަބެއް އެކަނި ދިނުމުގެ ބަދަލުގައި އެ މީހުންގެ މުދާތައްވެސް ނަގަން ޖެހޭ ކަމަށް މާފުށީ ދާއިރާގެ މެމްބަރު ހުސެއިން ރިޒާ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ދައުލަތުގެ މުވައްޒަފުން ނުހައްގުން ހޯދާ މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމުގައި ހުރި ގޮންޖެހުންތަކުގެ މައްސަލަތައް ހައްލުކުުރުމަށް އެކުލަވާލި ބިލު މަޖިލީހަށް މިއަދު ހުށަހަޅައިދެއްވީ ރިޒާ އެވެ.

ގާނުނުލް އުގޫބާތަށް އިސްލާހު ގެންނަ އެ ބިލު ހުށަހަޅުއްވަމުން ރިޒާ ވިދާޅުވީ މިއަދު ހުށަހެޅި އިސްލާހުތަކަކީ ދައުލަތުގެ ބަޖެޓުން ވާނުވާ ނޭނގި ގެއްލޭ ފައިސާ ހޯދަން އެހީތެރިވެދޭނެ އިސްލާހެއް ކަމަށެވެ.

އަދި އޭގެ އިތުރުން ކޭސްތަކުގައި ހެކި ވަޒަންކުރުމުގައި މުހިންމު ދައުރެއް ހުށަހެޅި އިސްލާހުތަކުން އަދާކުރާނެ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ. އަދި ހަަމަ އެހެންމެ މައްސަލަތައް ލަސްވުމަށް ކުރިމަތިވާ ހުރަސްތައް އެއްކޮށް ނައްތާލެވޭނެ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި ބިލު ގާނޫނަކަަށް ވެގެންދާއިރުގައި މި ބިލުގެ ދަށުން ހެދޭ ގަވައިދުތަކުގައި ވަރަށް ތަފްސީލުކޮށް މި ދެންނެވި ބައިތައް ހިމެނި ހަމައެކަނި އަދަބެއް ކަނޑައަޅައި ޖަލު ހުކުމެއްގެ އިތުރަށް ދައުލަތަށް މުދާ ނަގާ އާންމު ރައްޔިތުންގެ އުއްމީދުތައް ފުރިހަމަވެގެން ދާނެކަމަށް." ރިޒާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން