ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަނަކަށް އަހުމަދު ނާސިފް އައްޔަނުކޮށްފި އެވެ.
ނާސިފް އެ މަގާމަށް އައްޔަނުކުރިކަން އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަދި ނާސިފްގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރަން ތައްޔާރަށް ތިބިކަމަށް އެޗްޑީސީން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
ނާސިފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޗްޑީސީ އަދި ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.
އަދި އޭގެ އިތުރުން އޭނާ ވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާފަ އެވެ.
އެޗްޑީސީގެ ޗެއާމަނަކަށް އެންމެ ފަހުން ހުންނެވީ އަހުމަދު ޒުހޫރު އެވެ. އެހެން ނަމަވެސް މިދިޔަ މޭ މަހު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު