މިއަންނަ އަހަރަށް ލަފާކޮށް މި ސަރުކާާރުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި އަސާސީ ކަންކަމުން ތިން ބިލިއަން އުނިކޮށް އިސްރާފުގެ ކަންކަމަށް 3.8 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ މިހާރުގެ އިގުތިސާދީ ހާލަތާ ނުބައްދަލު ބަޖެޓެއް ކަމަށެވެ.
އަދި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ޚަރަދު ކުޑަކުރަން ހުށަހަޅާފައި އޮތް ނަމަވެސް ފެނިގެން ދަނީ އެހެން މަންޒަރެއް ކަަމަށް އަމީރު މިއަދު ވިދާޅުވިއެވެ.
އެގޮތުން ޚަރަދުތައް ކުޑަކުރާ މިންވަރަށްވުރެ އެހެން ކަންކަމަށް ޚަރަދުތައް ކަނޑައަޅާފައި އޮތް މިންވަރު އިތުރު ކަމަށް އޭނާ ވިދާޅުވިއެވެ.
"މިސާލަކަށް ރައްޔިތުންނާ ގުޅުންހުރި އާސަންދަ، ސަބްސިޑީ އަދި އުމުރުން ދުވަސްވީ މީހުންގެ އަސާާސީ ޕެންޝަން އަދި އޭގެ އިތުރުން ކައުންސިލް ގްރާންޓް ފަދަ ކަންކަން ހުށަޙަޅާފައި އިން ބަޖެޓުން ފާހަގަވޭ ތިން ބިލިއަނެއްހާ ރުފިޔާ އުނިކޮށްފައިވާކަން. އެކަމަކު އޭގެ އިތުރަށް އެބަ ފާހަގަވޭ ސަރުކާރުގެ އިސްރާފުތަކަށް އިތުރު 3.8 ބިލިއަން ރުފިޔާ ބެޖެޓުކޮށްފައިވާކަން" އޭނާ ވިދާޅުވި އެވެ.
އިސްރާފުގެ ގޮތުގައި އަމީރު ފާހަގަކުރެއްވީ ސަރުކާރުގެ ޚަރަދުތަކަށާއި މިނިސްޓްރީތަކުގެ ޚަރަދާއި އަދި އެހެނިހެން އިދާރާތަކުގެ ޚަރަދުގެ ގޮތުގައި ބަޖެޓުގައި ޖަހާފައި ހުރި އަދަދުތަކަށެވެ.
"އެއްކޮޅުން މި ފެންނަނީ ރައްޔިތުންނާ ގުޅުން ހުރި އަސާސީ ޚިދުމަތްތަކުގެ ޚަރަދުތަކުގެ ތެރެއިން އުނިކޮށްފައި ސަރުކާރުގެ އިސްރާފުތަކަށް ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާތަން" އަމީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ރިކަރެންޓް ޚަރަދު ގާތްގަނޑަކަށް 12 ޕަސެންޓް ބޮޑުވެފައިވާ ކަން ވެސް އަމީރު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު