ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު
ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު
އަރބަން ސެންޓަރު ކަނޑައެޅުމުގައި ރާއްޖޭގެ ދެކޮޅުގެ ބޮޑެތި އަތޮޅުތަކުގެ ރަށްރަށް ނެތް ސަބަބު ސާފުކޮށް ދިނުމަށް ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ގޮވާލައްވައިފިއެވެ.

ސަރުކާރުން މިއަދު ވަނީ ރާއްޖޭގައި އާބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 7 ރަށް ކަނޑައަޅައި އެ ރަށްރަށް އިޢުލާނު ކޮށްފައެވެ. އެ ރަށްރަށުގެ ތެރޭގައި ރާއްޖޭގެ ދެކޮޅުގެ ބޮޑެތި ރަށްރަށް ހިމަނާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަށްވައި ޝާހިދު މިއަދު ވިދާޅުވީ އަރބަން ސެންޓަރު ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި، ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައިވާ ސަބަބު އެސަރަހައްދު ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށެވެ.

އަދި އެފަދަ ކަންކަން ނިންމުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި އަރބަން ސެންޓަރގެ ގޮތުގައި ރަށްތަކެއް ކަނޑައެޅުމުގެ މަޤްޞަދަކީ ލާމަރުކަޒީ ނިޒާމުން ރަށްރަށް ވަކިކޮށް އެރަށްރަށް މާލޭން ހިންގަންފެށުން ކަމުގައިވެގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްޤީއަށް ބަލާއިރު، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި 7 އާބަން ސެންޓަރެއް ތަރައްޤީ ކުރަށްވާނެ ކަމަށެވެ.



ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން އާބަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި އދ. މަހިބަދޫ އާއި ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫގައެވެ.

ސަރުކާރުން މިހާރުވަނީ އާބަން ސެެންޓަރުތައް ގާއިމުކުރުމާ ބިލެއް މަޖިލީހަށް ހުށައަޅާފައެވެ. އެ ބިލު މިހާރު އޮތީ ޤައުމީ ތަރައްޤީ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން