ދަރިފުޅަށް ޖިންސީ ގޯނާކުރި ބައްޕައަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ދެކުނުގެ ރަށަކަށް ނިސްބަތްވާ 56 އަަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ ފިރިހެން މީހާ ހައްޔަރުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު ކުރި ރިޕޯޓަކާ ގުޅިގެން އޭނާގެ ހަތް އަހަރުގެ އަންހެން ދަރިއާއި އުމުރުން 11 އަހަރުގެ އެހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައި ވެެއެވެ.
ފުލުހުން ބުނީ، އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ކުޑަކުދިންގެ ގާނޫނުގެ ދަށުން އެ ކުދިންނަށް ޖިންސީ ގޯނާކުރުމަކީ ޖިނާއީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު