މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭގެ ފޭސް 2 ގައި ހިނގި ރަހީނުކުރުމުގެ މައްސަލާގައި އެކަން ހިންގި ފުލެޓުގެ ވެރިމީހާ ވެސް އެކަމުގައި ޝާމިލުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، ރަހީނުކުރުމުގެ އަމަލު ހިންގި އެޗް 9 ގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަލައި ފާސްކޮށްފައިވާ ތަނެއްކަމަށެވެ.
އަދި ރަހީނުކުރުމުގެ ހާދިސާއަކީ ވެސް މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެއްގައި ހިންގި އަމަލެއްކަމަށް ފުލުހުންވަނީ ބުނެފައެވެ.
އެ މައްސަލާގައި ފުލުންވަނީ މިދިޔަ ބުރާސްފަތި ދުވަހު 12 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ފުލެޓުގެ ވެރިމީހާ ވެސް ހިމެނެއެވެ. ފުލުހުންބުނީ އެތަނުން ހައްޔަރުކުރި މީހުންގެ ތެރެއިން ކުޑަކަމުދާ ތަކެތި ޓެސްޓުކުރަން ދޭން އެއްބަސްވީ ފުލެޓުގެ ވެރިމީހާ ލ. މާވަށު، ޖަމީލާ މަންޒިލް، އާދަމް ހުސެއިން އެކަނިކަމަށެވެ. އަދި އޭނާ ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ އެޕާޓްމަންޓުން ފުލުހުންވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ އަދި ތޫނު ހަތިޔާރު ވެސް ހޯދާފައެވެ. އޭގެ އިތުރުން 16700 ރުފިޔާއާއި ރަހީނު ކުރެވުނު މީހާގެ ފޯނުވެސް އެތަނުން ހޯދާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު