ހައިކޯޓު--
ހައިކޯޓު--
މަޖިލިސް މެންބަރުން މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ފަރުމާކޮށްފައިވާ އެންޓިޑިފެކްޝަން ގާނޫނުގެ ބައެއް މާއްދާާތައް އުވާލަން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކުރީ އެމްޑީޕީގެ މެޖޯރިޓީ އޮތް ނިމިގެން ދިޔަ މަޖިލީހުގަ އެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ އިސްލާހުތައް މިދިޔަ އޭޕްރީލް މަހު ތަސްދީގުކުރެއްވި އެވެ.

ނަމަވެސް އެންޓި ޑިފެކްޝަންގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލުކުރަން މުޙައްމަދު އަނީސް / ދަފްތަރު 4800 ވަނީ މިއަދު ހައިކޯޓަަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަމަކު އޭނާ ހުށަހެޅީ އެ ގާނޫނުގެ ކޮން މާއްދާއެއް ބާތިލުކުރަން ކަމެއް ސާފެއް ނުވެއެވެ.

އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ޕާޓީ ބަދަލު ކުރުމުން އިންތިޚާބީ މަޤާމުތައް ގެއްލޭ "އެންޓި-ޑިފެކްޝަން ބިލު" މަޖިލީހުގެ މެންބަރުންނާއި، ކައުންސިލަރުންގެ މައްޗަށްވެސް ތަންފީޒު ކުރެވެ އެވެ.

އަދި ޕާޓީ ބަދަލުކޮށްފިނަމަ އިސްތިއުފާ ދޭންޖެހޭނެ ތިން ހާލަތެއް ވަނީ ބަޔާންކޮށްފައެވެ. އެ ތިން ހާލަތަކީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުން، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުން އަދި އަމިއްލަގޮތުން އިންތިޚާބުވެފައި ޕާޓީއަކަށް ސޮއިކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން