ޕީއެންސީގެ މި ސަރުކާރުގެ މަސައްކަތްތަކާ މެދު ފަޚުރުވެރިވާކަން އެ ޕާޓީން ހާމަކޮށްފިއެވެ.
ސަރުކާރަށް 1 އަހަރު ފުރުމާ ގުޅިގެން އެ ޕާޓީން މިއަދުވަނީ ބަޔާނެއް ނެރެފައެވެ.
ބަޔާނުގައި ބުނީ، ފާއިތުވި އެއް އަހަރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގާފައިވަނީ ޒިންމާދާރުކަމާ އެކު މާލިއްޔަތަށް އަމާނާތްތެރިވެ، ހާމަކަންބޮޑުކޮށް ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދީގެން ކަމަށެވެ.
އެގޮތުން، މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ނޫސްވެރިންނަށް ދަތިކޮށް ފިޔަވަޅު އަޅާފައި ނުވާކަމަށާއި 70 އަށްވުރެ ގިނައިން ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވާކަމަށް ވަނީ ބުނެފައެވެ.
އޭގެ އިތުރުން އާރްޓީއައިތަކަށް ޖަވާބުދިނުމުގައި މި ސަރުކާރުން ކުރީ ސަރުކާރު ފަދައިން އިހުމާލުވެފައި ނުވާނެކަމަށާއި، އެކަން ތަފާސްހިސާބުތަކުން ފެންނަން އޮންނާނެ ކަމަށްވެސް ޕީއެންސީން ވަނީ ބުނެފައެވެ.
އަދި މާލީގޮތުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކޮންމެ އަހަރަކު ބޮޑުވަމުންދިޔަ ދަރަނީގެ އިންސައްތަ 2.5 އަށް ކުޑަކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ އަދަދު ކުރިން ހުރީ 15 އިންސައްތައިގައެވެ.
ކުރީ ސަރުކާރުން މާލީ ކަންކަން އޮޅުވާލާފައި އޮތުމުން އެ އޮޅުން ފިލުވުމަށް ވަގުތު ނެގިނަމަވެސް މިހާރު މާލީ ހިސާބުތައް މި ސަރުކާރުން ގަވައިދުން ހާމަކުރަމުންދާކަން ޕީއެންސީންވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު