ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން
18 އަހަރުން ދަށުގެ އަންހެން 03 ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޑިވިޜަންގައި ހިމެނޭ އަތޮޅެއްގެ ރަށަކުން މިމައްސަލާގައި ހައްޔަރުކުރީ، އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިމީހާ ހައްޔަރުކުރީ، 18 އަހަރުން ދަށުގެ އަންހެން ދަރިފުޅުގެ އިތުރުން 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމީހާ ހައްޔަރުކުރީ، މިމަހުގެ 25 ވަނަ ދުވަހު ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނެނީ ތ އަތޮޅާއި ލ. އަތޮޅެވެ.

މިމައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަޙުޤީޤް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ތަޙުޤީޤް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން