މަގުމަތިން ހިނގާފައި ދިޔަ ބިދޭސީއަކަށް ވަޅިން ހަމަލާދީ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ފިރިހެނެކެވެ.
ކްރިިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ބިދޭސީ މީހާއަށް ވަޅިން ހަމަލާދިނުމަށް ފަހު އެމީހާ ވަނީ 6000 ރުފިޔާ ވެސް ފޭރިގެންފައެވެ.
ބަންދު އަމުުރުގައި ބުނެފައިވާ ގޮތުގައި ފައިސާ ފޭރުމަށް ފަހު އޭނާ ދުވެފައި ދިޔަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ފުލުހުން ހުށަހަޅާފައިވެއެވެ.
އެހެންވެ އެމީހާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ބަންދު އަމަރުގަިއ ބުނެފައިވެއެެވެ.
އަދި ކުށްކުރުމުގައި އަނިޔާވެރިކަން އިސްކޮށްފައިވުމާއެކު މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމީހާ 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު