ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން
ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން
ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމި، މިއަދު އިންތިޚާބުގެ ވޯޓްލުން ކުރިޔަށް ގެންދިއުމަށް ތައްޔާރު ވެފައިވާކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ޕީއެންސީން ބުނީ މާލެ އާއި އަތޮޅުތެރޭގެ، 88 ރަށެއްގައި ވޯޓުލުން ކުރިޔަށް ގެންދާ މި އިންތިޚާބުގައި، މާލޭގައި ބަހައްޓާ 56 ވޯޓް ފޮށްޓާއެކު ޖުމުލަ 144 ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

​​​1984 މަޤާމަށް މީހުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި 648 ކެންޑިޑޭޓުން ވާދަކުރަށްވައެވެ. އަނެއް 1300 މަޤާމަށް، އެންމެ ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާތީ، އެ 1300 މަޤާމަށް ވަނީ، އިންތިޚާބަކާ ނުލައި މީހުން ހޮވިފައެވެ.

މާލެ އާއި އަތޮޅުތެރޭގައި އިންތިޚާބު އޮންނަ 88 ރަށުގައި ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ، 33500 މެމްބަރުން އެބަތިއްބެވެ.

މި އިންތިޚާބުގެ ވޯޓްލުން ފަށާނީ، މިއަދު ހެނދުނު 10:00 ގައެވެ. ވޯޓުލުން ނިމި ވޯޓް ފޮށިތައް ބަންދުކުރާނީ، މިއަދު މެންދުރު ފަހު 14:00 ގައެވެ.

މިއިންތިޚާބުގައި މާލޭގައި ބަހައްޓާ 56 ވޯޓު ފޮށި ވެސް ހުންނާނީ ދަރުބާރުގޭގައެވެ.

އެހެންކަމުން، މާލޭގެ ދާއިރާ ތަކުގެ މަޤާމުތަކަށް އިންތިޚާބު ކުރާ ބޭފުޅުންނަށް ވޯޓްލުމަށް ދަރުބާރުގެއަށް ވަޑައިގަންނަވާ ބޭފުޅުން، ބޮޑުތަކުރުފާނު މަގުން، ދަރުބާރުގެއަށް ވަދެވަޑައިގަތުމަށާއި އަތޮޅު ތެރޭގެ ރަށްރަށުން އިންތިޚާބަށް ކުރިމަތި ލެއްވި ބޭފުޅުންނަށް ވޯޓް ދެއްވުމަށް ދަރުބާރުގެއަށް ވަޑައިގަންނަވާ ބޭފުޅުން، އަމީނީ މަގުން ދަރުބާރުގެއަށް ވަދެ ވަޑައިގަތުމަށް، ޕީއެންސީން ވަނީ އެދިފައެވެ.

މި އިންތިޚާބުގައި ވޯޓްލެވޭނީ އަތޮޅުތެރޭގެ ރަށްރަށާއި މާލޭގައި ބަހައްޓާފައިވާ ވޯޓް ފޮށިތަކަށް އެކަނި ކަމަށް ޕީއެންސީން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން