އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުޙައްމަދު ރާޣިބް
އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުޙައްމަދު ރާޣިބް
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހެޅުއްވި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ރާޣިބް މަގާމުން ވަކިކޮށްފިއެވެ.

ޤާނޫނީ ވަކީލު މުޙައްމަދު ރާޣިބް ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުން މިއަދު ވަކިކުރިކަން ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ މިއަދު އެކްސްގައި ކަށަވަރުކޮށްދެއްވާފައެވެ.

ރާޣިބް "ރަސް"އާ ވާހަކަދައްކަމުން މިއަދު ވިދާޅުވީ އޭނާ އެ މައްސަލަ ހުށަހެޅީ މިދިޔަ ހަފްތާގައި ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ވެބްސައިޓުން ފެންނަ ގޮތުން އެ މައްސަލަ ބަލައިގަތުމާމެދު އަދި ވަކި ގޮތެއް ނުނިންމައެވެ.

ރާޣިބް ވިދާޅުވީ ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައިވަނީ 10،000 މީހުން ހަމަވި ކަމަށް ބުނެ ލިޔެކިއުންތައް އޮޅުވާލައިގެން ހުށަހަޅައިގެންނެވެ.

އެކަމުގައި ތިނަދޫގެ އާބާދީ ބެލުމަށްޓަކައި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަނަށް މައުލޫމާތު ހޯދަން ހުށަހެޅި ކަމަށާއި އަދި މިދިޔަ މަހު އެ މުވައްސަސާއިން ލިބުނު މައުލޫމާތުން އެކަން ކަށަވަރުކުރެވިފައިވާ ކަމަށް ރާޣިބް ވިދާޅުވިއެވެ.

ރާޣިބް ވިދާޅުވީ މިއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި މި ވަރުންދާނަމަ ރާއްޖޭގެ އެންމެ ކުޑަ އަތޮޅު ވ. އަތޮޅުގައި ވެސް 10،000 ހަމަވެއްޖެ ކަމަށް ކަނޑައަޅައި އެ އަތޮޅުގެ ރަށަކުން ސިޓީއެއްގެ ދަރަޖަ ހޯދަން ހުށަހަޅާފާނެ ކަމަށެެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ނިމިގެން ދިޔަ ރިޔާސީ އިންްތިޚާބުގެ ކެމްޕޭންގެ ދުވަސްވަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައެވެ. އޭރުވެސް އެއީ ކެމްޕޭނަށް ކުރި ކަމެއް ކަމަށް ބުނެ ފާޑުކިއުންތައް އޮތީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން