ބައިޓަނެއްހާ ޑްރަގު އެެތެެރެކުރި ލަންކާގެ މަސްބޯޓުގައި ތިބި މީހުންގެ ބަންދުގެ މުއްދަޔު ޖަހައިފި އެވެ.
ހަތަރު ސަތޭކަ ފަސްދޮޅަށް އަށް ކިލޯގެ މަސްތުވާތަކެތި ބަރުކޮށްގެން ހދ. މަކުނުދޫ ބޭރުން ރާއްޖެ ސަރަަހައްދުގައި އުޅެނިކޮށް "އަށެންޕުތަ" ބޯޓު އަތުލައިގަތީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ އެ ބޯޓުގައި ތިބި ލަންކާގެ ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ވަނަވަރުވެސް ވަނީ އާންމުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނެނީ ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21 އަހަރު)، މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22 އަހަރު)، ޗަމޮދް ދިވަންގާ ދިލަކާވަ (22 އަހަރު)، ލޮރެންސު ހޭވާގީ ސަރަތު (56 އަހަރު) އަދި ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37 އަހަރު) އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އެ މީހުންގެ ބަންދުގެ މުއްދަތު މިހާރު 30 ދުވަހަށް ޖަހައިފައިވާ ކަމަށެެވެ.
އެ މީހުން ގެނައި މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރި އިރު އޭގައި ހިމެނެނީ 344 ކިލޯގެ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ކަމަށް ދައްކާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު