މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލު ކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން މަޖިލީހުގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހުށައެޅުއްވި މައްސަލަ ސުޕްރީމްކޯޓަށް ބަލައިގެންފައިވަނީ މިއަދުއެވެ.
މި މައްސަލައަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓުން ވަނީ ތަދައްޚުލުވެފައެވެ.
މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވި ޤާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެފައިވަނީ 2008 ވަނަ އަހަރު ތަޞްދީޤު ކޮށްފައިވާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށެވެ.
މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުމުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުމުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
ހަމައެއާއެކު އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަވެސް މެންބަރުކަމުން ވަކިވާނެ ކަމަށް އެ އިސްލާޙުގައި ވެއެވެ.
ސުޕްރީމް ކޯޓަށް މިމައްސަލަ ބަލައިގެންފައިވާއިރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ތަސްދީގު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު