އަހުޒަމް އަޙްމަދު   28 ނޮވެމްބަރު 2024 - 12:5
ކާރުގައި ރޯކޮށްލި ދެ މީހުން
ކާރުގައި ރޯކޮށްލި ދެ މީހުން
ކާރެއްގައި ރޯކޮށްލި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ދެ މީހުން ހައްޔަރުކުރީ މި މަހުގެ 25 ވަނަ ދުވަހު ބުރުޒު މަގުގައި ހުންނަ ސިނަމާލެ އެކެއްގެ ޕާކިން ޒޯންގައި ޕާކުކޮަށްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައެއްގައި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހި ފިރިހެނުންގެ ވަނަވަރާއި ފޮޓޯވެސް މިއަދު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

އެއީ މ. އަރާރަތްކުރި/ހާލިދް މަހްމޫދު (35 އަހަރު) އަދި އދ. މާމިނގިލި/ ބްލޫވިންޑް/ ހަސަން ނަސީމް (31 އަހަރު) އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން