ކާރެއްގައި ރޯކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނަށް ވެސް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މަހުގެ 25 ވަނަ ދުވަހު ބުރުޒު މަގުގައި ހުންނަ ސިނަމާލެ އެކެއްގެ ޕާކިން ޒޯންގައި ޕާކުކޮށްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައެއްގައި ފުލުހުން ހައްޔަރުކުރީ މ. އަރާރަތްކުރި ޚާލިދު މަހްމޫދު (35 އަހަރު) އަދި އދ. މާމިނގިލި، ބްލޫވިންޑް ހަސަން ނަސީމް (31 އަހަރު) އެވެ.
އޭގެ ތެރެއިން އެންމެ ފުރަތަމަ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖެހީ ރޭގެ ވަގުތެއްގައި ނަސީމްގެ މައްޗަށެވެ. ރޭ ޚާލިދު މަހްމޫދަށް މުއްދަތެއް ނުޖަހައެވެ. ނަމަވެސް، މިއަދު އެ ކޯޓުންވަނީ ޚާލިދު މަހްމޫދަށް ވެސް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.
މި ދެމީހުންގެ ހައްޔަރުކުރުމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާކަމަށެވެ.
ސޯޝަލް މީޑިއާއިން ފެންނަ ވީޑިއޯއެއްގައި ފެންނަގޮތުން އެ މީހުން ކާރުގެ ކުރީކޮޅުގައި ރޯކޮށްލައެވެ. ނަމަވެސް މާލަސްތަކެއް ނުވެ ކާރުއެއްކޮށް ނާންދަނީސް ފަޔަރ އެންޑް ރެސްކިއުއިން އައިސް އަލިފާން ނިއްވާލައެވެ.

ކިޔުންތެރިންގެ ހިޔާލު