މާދަމާއިން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ރިސެސް އަށް ދިއުމަށް ނިންމާފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑިސެންބަރުމަހު އެކޯޓު ރިސެސްއަށް ދިޔަ ނަމަވެސް ބައެއް މައްސަަލަތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ބީ12 ސެކްޝަނުން ބަލާ މައްސަލަތަކާއި، މޮނިކޮން އަމުރުތަކާއި، އަވަސް ތަބީއަތުގެ އަމުރުތަކާއި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުތަކާއި އިޖުރާއީ އަމުރުތަކާއި އިއުތިރާޒާ ގުޅޭ ނިންމުންތަކުގެ ތެރެއިން މުއްދަތު ހަމަވާ މައްސަލަތައް ބަލާނެ ކަމަށް ހައިކޯޓުން ބުނެފައިވެއެވެ.
އޭގެއިތުރުން، ޝަރީއަތްތަކުގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތްތައްވެސް ރިސެސްގެ މުއްދަތުގައި ކުރިއަށް ގެންދާނެ ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.
ހައިކޯޓުގެ ޤަވާޢިދު ގައިވާ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރު ޖެނުއަރީމަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ހައިކޯޓު އޮންނާނީ ރިސެސްގައެވެ.
ކޯޓުތަކުގެ ގާނޫނުގެ ހަތްވަނަ މާއްދާގައިވާ ގޮތުން ޑިސެމްބަރުމަހު ސްޕްރީމްކޯޓުވެސް އޮންނާނީ ރިސެސްގައެވެ.

ހައިކޯޓު ރިސެސްއަށް ދިޔުންhttps://t.co/ctR7byc2Cc pic.twitter.com/oK16bymVeQ
— High Court of Maldives (@mvhighcourt) November 30, 2024
އޭގެއިތުރުން، ޝަރީއަތްތަކުގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތްތައްވެސް ރިސެސްގެ މުއްދަތުގައި ކުރިއަށް ގެންދާނެ ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.
ހައިކޯޓުގެ ޤަވާޢިދު ގައިވާ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރު ޖެނުއަރީމަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ހައިކޯޓު އޮންނާނީ ރިސެސްގައެވެ.
ކޯޓުތަކުގެ ގާނޫނުގެ ހަތްވަނަ މާއްދާގައިވާ ގޮތުން ޑިސެމްބަރުމަހު ސްޕްރީމްކޯޓުވެސް އޮންނާނީ ރިސެސްގައެވެ.
ކިޔުންތެރިންގެ ހިޔާލު