ޕާކިން ޒޯންއެއްގައި ހުރި ސައިކަލުތަކެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމަރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ނ. މިލަދޫ/ ސޯސަންގެ/މުހައްމަދު ނައުޝާދު އެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ ޕާކިން ޒޯނެއްގައި ހުރި ސައިކަލުތަކަކަށް ތަޅުދަނޑި ޖަހާތަން ފެނިގެން އާންމު މީހަކު ކުރި ރިޕޯޓަކާ ގުޅިގެން އެކަން ފުލުހުން ބެލުމަށް ފަހު ކަމަށެވެ.
އެގޮތުން ސީސީޓީވީ ފުޓޭޖުން ވެސް އޭނާ ތަޅުދަނޑި ޖަހާތަން ފެންނަ ކަަމަަށް ވެސް ބުނެފައި ވެއެވެ.
އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ތިން ދުވަސް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު