އަހުޒަމް އަޙްމަދު   1 ޑިސެމްބަރު 2024 - 8:44
އެކްސިޑެންޓްވުމުން ފިލި މީހާ--
އެކްސިޑެންޓްވުމުން ފިލި މީހާ--
މާލެއާއި ހުޅުމާލެ ގުޅޭ ހައިވޭގައި އިއްޔެ އެކްސިޑެންޓްވުމުން ފިލި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރީ ބ. އޭދަފުށި، ފަސްމީރު، ޝުނާން މުހައްމަދު ޝާކިރު (22އ.) ކަމަށެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ސައިކަލު ދުއްވި ޝާކިރު އޯވަޓޭކް ކުރި ކަަމަށާއި އަދި އެކްސިޑެންޓްވުމުން ވެސް ސީން ދޫކޮށް ފިލީ ކަމަށެވެ.

އެހެންވެ އެ މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުކުރުމުން މިހާރު ފަސް ދުވަސް ބަންދުވެސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ އެކްސިޑެންޓްގައި ސައިކަލެއްގައި ތިބި ފިރިހެނަކާއި އަންހެނަކަށް އަނިޔާވެސްވި އެވެ. ފިރިހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ އިރު އަންހެން މީހާއަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން