ބީއެމްއެލްގެ ސީއޯއޯ އަދި ޑެޕިއުޓީ ސީއީއޯގެ މަގާމަށް ސަހާ ވަޙީދު ހަމަޖައްސައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބުނީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަދި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މަގާމަށް ސަހާ ވަހީދު އައްޔަނު ކޮށްފައިވާ ކަމަށެވެ.
ސަހާއަކީ ބޭންކިން ދާއިރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ބޭފުޅެއް ކަމަށްވެސް ބޭންކުން ހާމަކޮށްފައިވެއެވެ. އެންމެފަހުން ސަހާ އަދާކުރެއްވީ ޕީޕަލް އެންޑް ޗޭންޖު ޑިރެކްޓަރުގެ މަގާމެވެ.
އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސްއިން ސަހާ ވަނީ އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފަ އެވެ. އަދި މާސްޓާސް ފުރިހަމަ ކުރެއްވީ ކޮމާޝަލް ލޯގެ ދާއިރާއިންނެވެ.
މީގެ ކުރިން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވީ އައިޝަތު ނޫރައްދީނެވެ. އޭނާ ވަނީ އެ މަގާމުން މިދިޔަ މަހު އިސްތިއުފާ ދެއްވައިފައެވެ.

Congratulations to Sahar Waheed, appointed today as BML’s Deputy CEO and Chief Operations Officer (COO)!
— Bank of Maldives (@bankofmaldives) December 1, 2024
With over 18 years of experience in banking, Sahar has held key positions at the Bank including her most recent role as the People and Change Director. pic.twitter.com/t8Qx0vXwMw
އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސްއިން ސަހާ ވަނީ އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފަ އެވެ. އަދި މާސްޓާސް ފުރިހަމަ ކުރެއްވީ ކޮމާޝަލް ލޯގެ ދާއިރާއިންނެވެ.
މީގެ ކުރިން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވީ އައިޝަތު ނޫރައްދީނެވެ. އޭނާ ވަނީ އެ މަގާމުން މިދިޔަ މަހު އިސްތިއުފާ ދެއްވައިފައެވެ.
ކިޔުންތެރިންގެ ހިޔާލު