ދައުލަތުގެ ބަޖެޓަށް ބަރޯސާވާ ކުންފުނިތަކުން އިޖުތިމާއީ ޒިންމާގެ ކަންކަމަށް ކުންފުނީގެ ބަޖެޓުން ހޭދަނުކުރެވޭ ގޮތަށް ހަދައިފިއެވެ.
ދައުލަތުގެ ކުންފުނިތަކުން އިޖުތިމާއީ ޒިންމާގެ ހަރަކާތްތައް ރާވައި ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް މިއަދު ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ޝާއިއުކޮށް އެއަށް އަމަލުކުރަން ފަށައިފައެވެ.
އެ އުސޫލުތަކުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ކުންފުނިތަކުން އިޖުތިމާއީ ޒިންމާގެ ހަރަކާތްތައް ހިންގަންވާނީ އެ ތަނެއްގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ސިޔާސަތާ އެއްގޮތަށް ކަމަށެވެ.
އެގޮތުން ސިޔާސަތު އެކުލަވާލާއިރު އިޖުތިމާއީ ޒިންމާގެ ހަރަކާތަކީ ކުންފުނީގެ މުވައްޒަފުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށް ނާޖާއިޒް ފައިދާއެއް ލިބޭ ގޮތަށް ސިޔާސަތު ކަނޑައަޅައިގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.
ހަމަ އެހެންމެ އިޖުތިމާއީ ޒިންމާގެ އެ ހަރަކާތަކީ ސިޔާސީ ބޭނުމަށް ނުވަތަ ސިޔާސީ ކެމްޕޭނެއްގައި ވެފައިވާ ވައުދެއް ފުއްދުމަށް ސީދާ ގޮތުން ވެސް ނުސީދާ ގޮތުން ވެސް އެހީތެރިވެވޭނެ ގޮތަށް ސިޔާސަތު އެކުލަވާނުލެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެތަނެއް ހިންގުމަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވެފައިވާ ތަންތަނާއި ފައިދާނުވާ ތަންތަނުން އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކަށް ކުންފުނީގެ ބަޖެޓަށް އެއްވެސް ޚަރަދެއް ކޮށްގެން ނުވާނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު