ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރުވި ހާދިސާއާ ގުޅިގެން ބޭރުގެ މާހިރުންގެ ރައުޔު ހޯދަން ވިސްނަމުންދާކަން ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މި މަރާއި ގުޅިގެން ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މިހާތަނަށް ބެލި ބެލުމުން ޒަކިއްޔާ މަރާލާފައިވާ ކަމަށް ބެލެވޭނެ ހެއްކެއް ހޯދިފައިނުވާ ކަމަށެވެ.
މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވީ މޭޖާ ކްރައިމް އިންވެސްޓިގޭޝަންސްގެ އިސްވެރިޔާ ހަސަން ޝިފާއު އާއި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ އިސްވެރިޔާ ހަސަން ސާމިހުއެވެ.
ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ އިސްވެރިޔާ ހަސަން ސާމިހު ވިދާޅުވީ ޒަކިއްޔާގެ ހަށިގަނޑު އޮތް ގުދަން ތެރެއާއި ގޭތެރޭގެ އިތުރުން، ޒަކިއްޔާގެ ހަށިގަނޑުން ވެސް އެއްވެސް، ސްޓްރަގްލްއެއް ނުވަތަ އެއްވެސް އިތުުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާއެއްގެ ނިޝާނެއް ފާހަަގަކުރެވިފައި ނުވާކަމަށެވެ.
ސާމިއު ވިދާޅުވީ މި ހާދިސާ ހިނގި ތަނުން ފެނުނު ވަޅިން ފިންގާޕްރިންޓު ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. މި ވަޅިއަކީ ޒަކިއްޔާމެން ގޭގައި ގެންގުޅޭ ވަޅިއެއް ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ޒަކިއްޔާ ލައިގެން ހުރި ހެދުމުގައި ލޭ ނެތް ކަމަށް ބުނި ނަމަވެސް، އެކަންކަން އޮތީ އެގޮތަށް ނޫންކަން ތަހުގީގުން ފާހަގަވާކަމަށް ސާމިހު ވިދާޅުވިއެވެ.
ބޭރުފުށުން ފެންނަންހުރި ބޮޑެތި ޒަހަމްތަކަކާއެކު އުމުރުން 50 އަހަރުގެ ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ސެޕްޓެމްބަރު ދިހަ ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރުއެވެ.
ޒަކިއްޔާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހަކަށް ވާތީ އެންމެ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް އެ ރަށުގެ ތެރޭގައި އަޑު ފެތުރުނެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އެރަށަށް ދެ ފަހަރެއްގެ މަތިން ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު