ފުލުހުންގެ ގާނޫނުގެ ދަށުން ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ މާލެ ސިޓީގެ ޖޮއިންޓް އޭޖެންސީގެ ބައްދަލުވުންތައް ފަށައިފި އެވެ.
އިސްކަންދަރުކޮށީގައި މިއަދު އެ ބައްދަލުވުން ފެށިއިރު ސިލްސިލާކޮށް އެ ބައްދަލުވުން ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ ބައްދަލުވުމަކީ ފުލުހުންގެ ފަރާތުން ފޯރުކޮށްދެމުންގެންދާ ހިދުމަތް ކޮމިއުނިޓީ ފަލްސަފާއާ އެއްގޮތަށް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންނާއި، ކައުންސިލުތަކާއި، މަދަނީ ޖަމުއިއްޔާތަކާ އަދި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މާލެތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހައްލުކުރުމާއި އިތުރަށް ހައްލުކުރަންޖެހޭ މައްސަލަތައް ދެނެގަނެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފައި ވެއެވެ.
އަދި މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކާއި އެކަންކަން ހައްލުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައި ވެއެވެ.
އޭގެ އިތުރުން، ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބިދޭސީންގެ މައްސަލަތައް ހައްލުކޮށް މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް ވެސް މަޝްވަރާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު