ފުލުހެއް--
ފުލުހެއް--
ފޯނެއް ވަގަށް ނަގައި އަދި އެ ފޯނުގެ ސިމުން ވެރިފަރާތަށް ގުޅައި ފައިސާއަށް ޑިމާންޑްކުރަނިކޮށް މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމަރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މ. ޝާކިރީ ހިޔާ/ ހަމްދާން އަލީ (35 އަހަރު) އެވެ.

ބަންދު އަމަރުގައި ވާގޮތުން ހަމްދާން ވަނީ އޭނާ ވަގަށް ނެގި ފޯނުގެ ސިމުން ވެރިފަރާތަށް ގުޅައި ފައިސާއަށް ޑިމާންޑްކޮށް ވަކި ތަނަކަށް ދާން އަންގައިފަ އެވެ. ނަމަވެސް ވެރިފަރާތުން އެކަން ފުލުހުންނަށް އެންގުމުން އެތަނަށް ފުލުހުން ދިޔައިރު އެ މީހާ އެތަނުގައި ހުރުމުން ހައްޔަރުކުރީ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އެ ތުހުމަތުތަކަށް ހަމްދާން ވަނީ އިންކާރުކޮށްފަ އެވެ. އަދި އޭނާ އެތަނަށް ދިޔައީ ރައްޓެއްސަކު ފޯނު ދިނުމަށް ފަހު ފައިސާ ބަލާ އެތަނަށް ދިއުމަށް ބުނުމުން ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމްދާނަކީ ބަންދު ހައްޔަރުގެ ރެކޯޑް އޮންނަ މީހަކަށްވެފައި އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އޭނާ 10 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން