މާލިއްޔަތު ކޮމިޓީގައި އެޗްޑީސީގެ އިސް ވެރިން--
މާލިއްޔަތު ކޮމިޓީގައި އެޗްޑީސީގެ އިސް ވެރިން--
ނިމިގެން ދިޔަ ސަރުކާރުގައި ހިލޭ ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ އަގު 5.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެޗްްޑީސީން ބުނެފި އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔަ ބިންވެރިޔާގެ ސްކީމުން ހުޅުމާލެއިން ހިލޭ ދިން ގޯތިތަކުގެ އަދަދު 1351 އަށް އަރައެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވަނީ އެޗްޑީސީން ގޯތިތައް ދޫކުރި ގޮތާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.

އެގޮތުން އެ ގޯތިތައް ދޫކުރީ އެޗްޑީސީން ބިން ގަނެގެންތޯ ނުވަތަ އެޗްޑީސީގެ ބިމުން އެ ގޯތިތައް ދިނީތޯ އޭނާ ސުވާލުކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން އެޗްޑީސީއަށް ލޭންޑް ކޮންޕެންސޭޝަންގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށެވެ.

އަދި ބިންތައް ސަރުކާރަށް ވިއްކާފައި އޮތް ނަމަވެސް އޭގެ މުއާމަލާތްތައް އަދި އޮތީ ކުރިއަށް ނުގެންގޮސް ކަމަށާއި މި ސަރުކާރުން އެކަންކަން ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އެޗްޑީސީން ހުޅުމާލެއިން ބިންތައް ބޮޑު އަގުގައި ވިއްކައިގެން ބޮޑު ނަފާއެއް ހޯދައިފައިވާ އިރު ހިލޭ ގޯތިތައް ބަހާލުމަކީ ބޮޑު ޖަރީމާއެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ސިފަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން