މާލެއަތޮޅު ދިއްްފުށީގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއުއާއި ދިއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ސުނިލްއެވެ.
ދިއްފުށީ ޕޮލިސް ޕޯސްޓު ހުޅުވައި ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް އިބްރާހީމް ސުނިލްއެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
ދިއްފުށީގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރި އިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ދަނީ ޕޮލިސް ޕޯސްޓުތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ޕޮލިސް ކޮމިޝަނަރު ޝުޖާއުވެސް މިދިޔަ މަހު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުން ގާއިމުވެތިބުން މުހިންމުކަމަށާއި ފުލުހުންގެ ގާނޫނުން ވެސް އެކަން ލާޒިމުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު