"ފުލުހަކާއެކު ކޮފީއެއް"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.
ފުލުހުން ބުނީ މިއީ އާންމުންނާ ގުޅުން ބަދަހިކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން އެކްސްގައި އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުން އަންހެން ފުލުހުން އަންހެނުންނާއެކު އަދި ފިރިހެން ފުލުހުން ފިރިހެނުންނާއެކު ކޮފީތަކުގައި ތިބޭތަން ފެނެއެވެ.
ފުލުހުން ބުނީ އެ ބައްދަލުވުމުގައި ގިނަ ބައެއްގެ ބައިވެރިވުން ލިބި، ހުޅުވިގެންވާ މާހައުލެއްގައި ފުލުހުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
"މިފަދަ ހަރަކާތްތަކަކީ ރައްޔިތުންގެ އިތުބާރު ހޯދައި، ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް. ބައިވެރިވެ ވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން." ފުލުހުން އިތުރަށް ބުނެފައި ވެއެވެ.
މީގެ ކުރިން ރައްޔިތުންނާއި ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި ނެއިބަހުޑް ޕޮލިސްވެސް ވަނީ ތައާރަފްކޮށްފަ އެވެ.
އެގޮތުން އެ ހިދުމަތް މާލެ އާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ދަނީ ދެމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު